
ފުރަތަމަ 20 ދުވަހުން ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެކަމަށް ޒަކާތު ހައުސިން ބުނެފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެއެވެ.
އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހާއި ހަމައަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ހޯލަށް ގޮސް ޒަކާތް ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އާދައިގެ ހަނޑޫ
މީހުންގެ އަދަދު: 63،389
ފިޠުރު ޒަކާތުގެ ޖުމްލަ: 760،668
ތައިލެންޑް ހުދު ހަނޑޫ
މީހުންގެ އަދަދު: 3،028
ފިޠުރު ޒަކާތުގެ ޖުމްލަ: 211،960
ރަތް ހަނޑޫ
މީހުންގެ އަދަދު: 740
ފިޠުރު ޒަކާތުގެ ޖުމްލަ: 59،200
ބާސްމަތީ ހަނޑޫ (އާދައިގެ)
މީހުންގެ އަދަދު: 14،567
ފިޠުރު ޒަކާތުގެ ޖުމްލަ: 1،019،690
ބާސްމަތީ ހަނޑޫ (މޮޅު)
މީހުންގެ ޢަދަދު: 9،489
ފިޠުރު ޒަކާތުގެ ޖުމްލަ: 948،900
ބާސްމަތީ ހަނޑޫ (އެންމެ މޮޅު)
މީހުންގެ އަދަދު: 10،779
ފިޠުރު ޒަކާތުގެ ޖުމްލަ: 1،347،375
އާދައިގެ ފުށް
މީހުންގެ އަދަދު: 5،984
ފިޠުރު ޒަކާތުގެ ޖުމްލަ: 59،840
އާޓާ ފުށް
މީހުންގެ ޢަދަދު: 1،224
ފިތުރު ޒަކާތުގެ ޖުމްލަ: 91,800
1445 ވަނަ އަހަރުގެ ރަމަޟާންމަހު ފުރަތަމަ 20 ދުވަހު ފިޠުރުޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތަފްސީލު.https://twitter.com/hashtag/Zakat?src=hash&ref_src=twsrc%5Etfw">#Zakat https://twitter.com/hashtag/ZakatHouseMv?src=hash&ref_src=twsrc%5Etfw">#ZakatHouseMv https://t.co/Xzg8up1G9M">pic.twitter.com/Xzg8up1G9M
— Maldives Zakat House (@ZakatHouseMv) https://twitter.com/ZakatHouseMv/status/1775467780684566680?ref_src=twsrc%5Etfw">April 3, 2024
ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމްލަ4،499،433 ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.










