March 22, 2026
Advertisement
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން / މިސްބާހް | ތޭރަ އިމޭޖްސް

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އީސީން ހުއްދަ ދީފި

Aishath Naja
އައިޝަތު ނަޖާ
Apr 4, 2024, 08:43 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) ން ދީފިއެވެ.

Advertisement

މިހެން އީސީން ބުނެފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެގޮތުން އީސީން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕީއެންއެފް ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް ބޭނުންވާ 3000 މީހުން ގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާތީ މއ.ކާމިނީގޭ ޒެއިން ޔާމީން އަބްދުލްގައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފިކަމަށެވެ.

މިކަމާ ގުޅޭގޮތުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވެސް ވަނީ އެކްސްގައި ޕޯސްޓް ކުރައްވާ މިކަން ކަށަވަރުކޮށްދީފައެވެ.

އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށްޓަކައި ޕީއެންއެފް ގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް މިއަދު ހަވީރު 4 ޖަހާއިރަށް ވަނީ ހުރިހާ މީޑިޔާ އަކަށް ދައުވަތު އަރުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved