ދިވެހިރާއްޖޭގައި ޑިމޮކްރެސީއަށް ހަމައެކަނި ތަބާނުވާ ޕާޓީއަކީ ޕީއެންސީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ އިސް ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް ވިދާޅުވެެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަނުން އެ ޕާޓީއަށް ހުއްދަ ދިނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ ޕީއެންސީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ތެރޭގައި ވެސް ކަންތައްތައް ކުރަމުންދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ޕީއެންސީގެ ތެރެއިން ފެންނަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި އެ ޕާޓީގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ނިންމާ ކަމެއްވިޔަސް، އެކަމަކީ ރައީސް މުއިއްޒު ހިތްޕުޅާ ނުވާ ކަމެއްކަމުގައި ވާނަމަ، އެކަމެއް އެއްފަރާތް ކޮށްލުމަށްފަހު ކުރިއަށް ދާތަން ކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.
އަދި އެކަމަށް ޕީއެންސީގެ ކެމްޕޭނު ތަރުޖަމާނު އެއްބަސްވެފައިވާކަން ޑރ ޖަމީލް ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރެސީއަށް ތަބާނުވާ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެގެން މިދަނީ ޕީއެންސީ، ޕީއެންސީގެ ތެރޭގައި މިއޮތީ އޮޓޯކްރެސީ، ޕީއެންސީން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އެ ޕާޓީއަކީ އެ ޕާޓީގެ ލީޑަރަށް ފެންނަ ގޮތެއްގެ މަތިން ހިންގާ ޕާޓީއެކޭ
ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ޕީއެންސީގެ ޓިކެޓު ކަށަވަރު ކޮށްފައި ތިބި ކެންޑިޑޭޓުން ތިބި ބައެއް ދާއިރާތަކުގައި ރައީސް ވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވައިފަ އެވެ.