March 21, 2026
Advertisement
ޕީއެންއެފް
ޕީއެންއެފް / ތޭރަ އޮންލައިން

ރައީސް ޔާމީން މިނިވަން ކުރައްވާ، އެހެންނޫނީ މުޒާހަރާ ކުރަން ފަށާނަން: ޕީއެންއެފް

Aishath Naja
އައިޝަތު ނަޖާ
Apr 5, 2024, 03:35 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ނުކުރައްވާ ކަމުގައިވާނަމަ، މަގުމަތީގެ ހަރަކާތްތަކާއި މުޒާހަރާތައް ފަށާނެ ކަަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން ބުނެފިއެވެ.

Advertisement

މިފަދައިން ޕާޓީގެ ފަރާތުން ވިދާޅުވެފައިވަނީ ޕާޓީ އުފެއްދުމަށް ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު މަލީހް ޖަމާލް އެވެ.

އެގޮތުން މަލީހް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ގޮތެއް ކަަމަށާއި، އެގޮތަށް ކަންތައް ކުރަން ޖެހެނީ އެމަނިކުފާނު ރައްޔިތުންނަށް ދޮގު ހައްދަވާފައިވާތީ ކަމަށެވެ.

ޝަރީއަތް ތާވަލުކޮށްދެއްވާށޭ ސަރުކާރުން ނުފޫޒެއް ފޯރުވާ ކަމުގައިވަންޏާ ނުފޫޒަށް ނޫނެކޭ ބުނާށޭ، އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވެޔޭ ރާއްޖޭގައި ތިން ހަތަރު އިންތިހާބެއް ނިމިގެންދާއިރު، ރައީސް ޔާމީންގެ ވެރިކަމެއް ގާއިމްވެގެން ދާއިރު އަދިވެސް އެމަނިކުފާނު ޖަލުގައި ހުންނަން ޖެހޭ ކަމަށް

މަލީހް ވިދާޅުވިއެވެ.

މަލީހް އިތުރަށް ވިދާޅުވީ،ރައީސް ޔާމީން މިނިވަން ނުކުރައްވާ އެގޮތަށް ތަކުރާރު ކުރައްވާނަމަ މަގުމަތީ ހަރަކާތްތައްވެސް ފަށާނެ ކަމަށެވެ.

އަދި ރައީސް އޮފީސް ދޮށަށް ދާން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައު
sappe
Apr 5, 2024, 05:14 AM
Raees Yaameen minivan mdp akun adhi raees Ibu-solih thaaeeedh nukurey ey ey !emeehun gaboolukuraa kamehnnun.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved