އއ. ރަސްދޫ މިސްކިތެއްގެ ފާޚާނާ ތެރޭގައި ގަނާ އާ އަނިޔާގެ ޝިކާރައަކަށްވި ކުޑަ ކުއްޖާއަށް ސޯޝަލް ސަޕޯޓު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ރޭ އިރާކޮޅު ސޯޝަލް މީޑިޔާގައި ދައުރުވާން ފެށީ ވީޑިއޯއަކުން ފެނިގެން ދިޔައީ ކުޑަ ކުއްޖަކަށް މިސްކިތެއްގެ ފާޚާނާ ތެރޭގައި ބަހައްޓައިގެން އަދި އެހެން ކުދިންތަކެއް އނަިޔާކޯށް ގަނާ ކުރާ މަންޒަރެވެ.
އެ ކުޑަ ކުއްޖާއަށް 16 ފަހަރެއްގެ މަތިން އަތުންނާ ފައިން އަނިޔާކޮށް އެކުއްޖާގެ ޖިންސީ ގުނަވަނަށްވެސް އަނިޔާދިފައިވެއެވެ. މީގެ އިތުރުން މަޖްބޫރުން ކުޑަ ކަކޫ ޖައްސުވާ އެކުއްޖާ ބޮލަށް ބޯން ގެންގުޅޫނު ފެންފުޅިވެސް އަޅާ މަންޒަރު ފެނިގެން ދެއެވެ.
މިކަން ދިވެހި ފުލުހުންގެ އިދާރާގެ ސަމާލުކަމަށް އައުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ފަށާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ކުރި ބަޔަކު ދަނެގަނެ މައްސަލަވަނީ ބަލަން ފަށާފައެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށެވެ. އަދި އެކުއްޖާއަށް އަނިޔާކުރީ ވެސް ކުޑަ ދެކުދިންކަމަށް އުމުރުގެ ގޮތުން ބަލާނެ އުމުރު ފުރައިގެ ކުދިންކަން ވެސް ވަނީ ހާމަވެފައެވެ.
އެގޮތުން އަނިޔާކުރި އެއް ކުއްޖަކީ އުމުރުން 15 އަހަރު ކުއްޖަކަށްވާއިރު އަނެއް ކުއްޖާގެ އުމުރަކީ 14 އަހަރު ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
އެ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ދައުނުކުރުވަން ފުލުހުން ވަނީ އެދިފައެވެ.