March 14, 2026
Advertisement
--
-- / އެމްވީކްރައިސިސް

އިމާރާތުން ބައެއް ވެއްޓި ގެއްލުންތަކެއް ލިބިއްޖެ

Sudha Latheef
ސުދާ ލަތީފް
Aug 16, 2025, 10:25 PM
މާލެ ސިޓީ

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުން ބައެއް ވެއްޓި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް މިއަދު ގެއްލުން ލިބިއްޖެ އެވެ.

Advertisement

ފުލުހުން ބުނީ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން ބައެއް ވެއްޓި ޖެހިގެން ހުރި އިމާރާތަށާއި ޕާކްކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތުގައި ޕާކް ކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަށް ގެއްލުން ލިބިފައިވާ މައުލޫމާތު މިއަދު މެންދުރު 1:00 ޖަހާއިކަށްހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލހުން ބުނީ ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް އެޑިއުކޭޝަން ޑިވެލޮޕް،މަންޓް ސެންޓަރު ކުރިން ހިންގި ބިމުގައި ހިމެނޭ ވެއްޓުނު ބަޔަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޖާގަ ދަތިވެގެން 2004 ވަނަ އަހަރު ހަވާލުކޮށްފައި އޮތް ބައެކެވެ.

އެމްއެންޔޫއާ ހަވާލުކޮށްފައި އޮތް ބައިގައި އެ ޔުނިވާސިޓީން ކުރިން ކްލާސްތަކެއް ވެސް ވަނީ ހިންގާފައެވެ. ނަމަވެސް އެތަނުގެ ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތައް ހިންގުން އެމްއެންޔޫއިން ވަނީ ހުއްޓާލާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved