April 14, 2026
Advertisement
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ / ތޭރަ އޮންލައިން

ފުލުހުންގެ ތިޖޫރޫން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 15, 2025, 06:25 PM
މާލެ ސިޓީ

2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ގެންދިޔަ ފައިސާގެ ތެރެއިން 30،000 ޑޮލަރު ގެއްލިފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

Advertisement

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ކުރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، "ހަލާކު" ވެފައިވާ ފައިސާތަކެއްވެސް ފެނިފައިވާ ކަމަށާއި ފޮރެންސިކް މެދުވެރިކޮށް މި މައްސަލަވެސް ބަލަމުން އަންނަ ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެތައް ހާސް ޑޮލަރެއް "ގެއްލި" އެ މައްސަލަ ބަލަމުން އަންނައިރު މިއީ ސީދާ ކޮން މައްސަލައަކާއި ގުޅުން ހުރި ފައިސާތަކެއް ކަމެއް ފުލުހުން ހާމަނުކުރެއެވެ.

ސަރުކާރުގެ އެކި އިދާރާތަކުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ މި ދުވަސްވަރުގައި ތަހުގީގީ އިދާރާއެއްގެ ތެރެއިން މިހާ ބޮޑު ވައްކަމުގެ މައްސަލައެއް ފެންމަތިވުމަކީ މި ގައުމުގައި އެއްވެސް އިންސާފެއް ނެތް ކަމާއި ގާނޫނާއި އުސޫލުތަކުގެ ދަށުން މައްސަލަތައް ނުބެލި ސަރުކާރުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާނެ ކަމުގެ ހެއްކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved