March 14, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އަބްދުލްރަހްމާންގެ މަރު: މާޅޮހުން ތިން މީހަކު ހައްޔަރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 21, 2025, 03:02 PM

މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ އއ. މާޅޮހުން ފެނުނު، އަބްދުއްރަހުމާން އާދަަމް (65)ގެ މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި އެވެ.

Advertisement


މި މައްސަލާގައި ފުލުހުން މިއަދު ބުނީ ޢަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި މިކަމުގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ތޭރައޮންލައިނަށް މައުލޫމާތު ލިބުނު ގޮތުގައި މައްސަލާގައި ތުހުމަތު ކުރެވޭ 3 މީހެއްގެ ގެ މި މަހު ކުރީކޮޅު ބަލާ ފާސްކޮށް އެކެއްގެ އަންނައުނު ވެސް ފުލުހުން ގެންގޮސްފައިވެއެވެ. އަދި ފުލުހުން ހައްޔަރުކޮށްފައި ވަނީވެސް މި 3 މީހުންނެވެ. އަބްދުއްރަހުމާނު މަރާލާފައި އޮއްވާ ފެނުނުރޭ ގެ ދަންވަރު ރަށުތެރޭގައި މި ތިން މީހުން ހޭލާ އުޅުނުކަމަށް ވެއެވެ.

އަބްދުއްރަހްމާނަށް ފަރުވާދޭން މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.

އަބްދުއްރަހުމާނަށް ހަމަލާ ދީފައިވަނީ ގޭގައި ނިދާފަ އޮއްވައެވެ. އަބްދުއްރަހުމާނަށް ހަމަލަދިން ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އަދި އަބްދުއްރަހުމާނުގެ ދެމަފިރިންގެ ތިން ފިރިހެންކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅުވެސް އެ ދުވަސްވަރު ހުރީ މާލޭގަ އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved