
މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ފުލުހުން ނަގަން ފަށައިފި އެވެ.
ފުލުހުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށްގޮތަށް ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް ކުރަނީ ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓްރީ ގުޅިގެންނެވެ.
މި މަސައްކަތުގެ ތެރެއިން ސައިކަލުގެ އިތުރުން ޕިކަޕް ފަދަ އުޅަނދުއް ނަގާފައިވާއިރު ނެގި އުޅަނދުތަކުގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.
މާލޭގެ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައިވެ އެވެ. އެ ގޮތުން ނެގި ބައެއް އުޅަނދުތައް ނައްތާލާފައިވެސްވެ އެވެ.










