March 21, 2026
Advertisement
ހޫނު ހަބަރު
ހޫނު ހަބަރު / ތޭރަ އޮންލައިން

އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުން ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ފަސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 8, 2024, 05:15 AM
މާލެ ސިޓީ

އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ ފަސްކޮށްފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލުއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ ޕިއެންއެފް އުފެއްދެވުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަން ލިބިގެން ގޮސްފައި ނުވާކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމު ހަމަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދިނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައީސް ޔާމީން އަދިވެސް ހުންނެވީ ނުހައްގު ޖަލު ހުކުމެއްގައި ކަމުން، އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved