April 15, 2026
Advertisement
އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި އަންހެން މީހާ
އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި އަންހެން މީހާ / ސޯޝަލް މީޑިއާ

އުމްރާ އަށް ގޮސްއުޅުނު ދިވެއްސަކު ނިޔާވެއްޖެ

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 15, 2024, 06:02 AM
ސައުދީ އަރަބިއްޔާ - މައްކާ

އުމްރާގެ އަޅުކަން ކުރުމަށްޓަކައި ގޮސް އުޅުން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ނަޝީދާ ހުސައިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާ ނިޔާވެފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

ނަޝީދާ އުމްރާގެ އަޅުކަން އަދާ ކުރަން ދިޔައީ އަލް މަނާސިކް ހައްޖު އުމްރާ ގްރޫޕްގެ ހަވާލުގައެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހު މައްކާގެ އަލް މަސްޖިދުލް ޙަރަމްގައެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުވެސް މީހަކު ނިޔާވެފައި ވެއެވެ.

އެގޮތުން ނިޔާވެފައި ވަނީ ހދ. ހަނިމާދޫ، އަލަމާގެ، ޚާލިދް އިބްރާހިމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved