March 19, 2026
Advertisement
ޕީއެންއެފްގެ އިސްބޭފުޅުން
ޕީއެންއެފްގެ އިސްބޭފުޅުން / ތޭރަ އޮންލައިން

ޕީއެންއެފް ޖަލްސާގެ ތައްޔާރީތަކަށް ސަރުކާރުން ދަނީ ހުރަސްއަޅަމުން: ޕީއެންއެފް

Aishath Naja
އައިޝަތު ނަޖާ
Apr 9, 2024, 08:56 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގެ ތައްޔާރީތަކަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

Advertisement

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވަން ސަރުކާރުން ދަނީ މަރުފަލި ޖަހަމުންކަމަށެވެ.

ސަރުކާރުން އަންގައިގެން ސްޓެލްކޯ އެމްޑީ ޣިޔާސުއްދީން ސުކޫލްގެ ހޯލަށް ކަރަންޓް ނުދީ ހިފަހައްޓާފައި ވާކަމަށް މަލީހްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ރޭގަ ވެސް ހޯލަށް ކަރަންޓް ދޭން އައި ކުއްޖާ ހުއްޓުވާފައިވާކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

މަލީހްގެ އިތުރުން ޑރ ޖަމީލް ވެސް ވަނީ އެކްސްގައި ޕޯސްޓް ކުރައްވާ އެވަރަށް ސިޔާސީ ނުވާނަމޭ ވިދާޅުވުމަށްފަހު، ސްޓެލްކޯ އެމްޑީ ފަހުމީ މިދަރަޖައަށް ވެއްޓި ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއަޅާނެ ކަމަށް ހީނުކުރާކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރުން ކަރަންޓްފަދަ އަސާސީ ޚިދުމަތްވެސް ރައީސް މުއިއްޒު ބޭނުން ކުރައްވަނީ ސިޔާސީކޮށް ކަމަށްވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

ޕީއެންއެފުން ބުނަމުން ދަނީ ކަންތައް މިހެންވަންޏާ މިރޭ ޖަލްސާ ބާއްވާނީ ކަނު އަނދިރީގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved