March 12, 2026
Advertisement
އިސްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަ އަނިޔާ ކުރާ މަންޒަރު
އިސްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަ އަނިޔާ ކުރާ މަންޒަރު / އަލްޖަޒީރާ

އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 24،000 އަށް އަރައިފި

Faina Faiz
ފައިނާ ފާއިޒް
Jan 15, 2024, 07:23 PM
ފަލަސްޠީން

އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 24،000 އަށް އަރައިފިއެވެ.

Advertisement

މީގެތެރޭގައި 10،400 އަށް ވުރެ ގިނަ ކުޑަ ކުދިންހިމެނެއެވެ. މިއީ ފަލަސްތީނުގެ ޖުމްލަ އާބާދީގެ ތެރެއިން ކުޑަކުދިންގެ އާބާދީގެ 1 އިންސައްތައަށްވުރެ ގިނަ ކުދިންނެވެ.

ހަމަލާތަކުގައި މަދުވެގެން 60،317 މީހުންނަށް އަނިޔާވެފައިވާއިރު، ގިނަ ބަޔަކު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ސިއްހީ ފަރުވާ ނުވަތަ ބޭސް ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ.

އިމާރާތްކުގެ ދަށުގައި ތާށިވެ، 8،000 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުންދެއެވެ.

އިސްރާއިލުން ދެމުން އަންނަ ހަމަލާތަކަށް މަޑުޖެހުމެއް އައިސްފައި ނުވާއިރު މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ގިނަ އިމާރާތްތައް ސުންނާފަތިވެ ރައްޔިތުން ވަނީ މަގުމަތިވެފައިއެވެ.

އަދި ބޭސްފަރުވާ އާއި ސާފުބޯފެން ނުލިބުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ތެރޭގައި އެކި ކަހަލަ ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ.

ކާބޯތަކެތި ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ވަނީ ބަނޑައްޖެހިފައި ކަމަށްވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved