June 1, 2026
Advertisement
ޕީއެންއެފްގެ ދިދަ
ޕީއެންއެފްގެ ދިދަ / ސޯޝަލް މީޑިއާ

ޕީއެންއެފްގެ ލޯގޯ އަދި ދިދަ ދައްކާލައިފި

Aishath Naja
އައިޝަތު ނަޖާ
Apr 12, 2024, 06:36 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންްނަވާ އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލޯގޯ އަދި ދިދަ ދައްކާލައިފިއެވެ.

Advertisement

ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕާޓީގެ ލޯގޯއާއި ދިދަ އާންމުކޮށްފައެވެ.

ލޯގޯގައި ހިމެނެނީ ތަރިއެއްގެ ތެރޭގައި އިން ހުޅެވި ހަނދެކެވެ.

ދިދައިގައި ހިމެނޭނީ ގުރާފެހި ކުލައާއި ނޫ ކުލައެވެ. 

ޕީއެންއެފް އުފެެއްދުމަށް ބޭއްވި ޖަލްސާގައި ޕާޓގެ ވަގުތީ ރައީސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޔާމިންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ.

ވަގުތީ ހިންގާ ކޮމެޓީގައި 20 މެމްބަރުން ހިމެނޭއިރު އެ ކޮމެޓީގައި ރައީސް ޔާމިންވެސް ހިމެނިވަޑައިގަންނަވައެވެ. 

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ. އެހެންނަމަވެސް ޕީއެންއެފް ވަނީ ޖަލްސާ ކަނު އަނދިރީގައި ބާއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved