ކުރީގެ ރައީސް، ރައީސް ޔާމިން
ސިޔާސީ
ހަރާމް ހުކުމެއްގައި ހުންނަވާތާ 1156 ދުވަސް، އަދިވެސް އިންސާފެއް ނުލިބޭ!
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
15 ޖެނުއަރީ 2024
މާލެ ސިޓީ

ވ.އާރަށު މައްސަލައާއި ގުޅިގެން ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމަށް 1156 ދުވަސް ވެފައިވާ އިރު ވެސް އަދި މިހާތަނަށް އިންސާފު ލިބިފައި ނުވާކަން ހާމަވެއްޖެއެވެ.

2022 ވަނަ އަހަރު ޑިސެންބަރު 25 ވަނަ ދުވަހު ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމަށް މިއަދަށް ވަނީ 1156 ދުވަސްވެފައެވެ.

އެ ހުކުމުގެ އިސްތިއުނާފަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ލުމަށްފަހު އަޑު އެހުންތައް ކުރިއަށް ގެންގޮސް މިހާރު ވަނީ ހުކުމަކާ ހިސާބަށް އައިސްފައެވެ.

ނޮވެންބަރު މަހު 21 ވަނަ ދުވަހު އިސްތިއުނާފުގެ އެންމެ ފަހުގެ އަޑު އެހުން ބާއްވާފައިވާއިރު، އަދި މިހާތަނަށް އަޑު އެހުމެއް ތާވަލް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ހުކުމުގެ އަޑު އެހުން ތާވަލްނުކޮށް ލަސްވަމުންދާތީ ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެތައް ފަހަރެއް މަތިން ހައި ކޯޓަށް ވަޑައިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކި ފަހަަރު މަތިން އެމަނިކުފާނުގެ އާއިލާގެ ފަރާތުންނާއި ޕާޓީގެ ފަރާތުން ވެސް އެކި އެކި ބޭފުޅުން ވަނީ ހައި ކޯޓަށް ވަޑައިގެން އަޑުއެހުން ތާވަލް ކޮށްދޭނީ ކޮން ދުވަހަކުން ތޯ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ

ނަމަވެސް ކޮންމެ ފަހަރަކު ވެސް ލިބޭ ޖަވާބަކީ ތާވަލް ކުރާނެ ކަމަށެވެ.

ނިމި ދިޔަ ހަފްތާގެ ދެފަހަރު މަތިން ހައި ކޯޓުން ބުނެފައިވަނީ ވަރަށް އަވަހަށް ތާވަލް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އިސްތިއުނާފުގެ އަޑުއެހުންތަކުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved