March 10, 2026
Advertisement
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ / ތޭރަ އޮންލައިން

ރައީސް ޔާމީން އަދުރޭއަށް: އަޅުގަޑު ހައްޔަރުކޮށްފައި ހުރީ މެޑަމް ފާތިމަތުގެ ފިރިމީހާއަށް ވެގެން ނޫން

Mariyam Isaadha
މަރިޔަމް އިސާދާ
Apr 15, 2024, 03:42 AM
މާލެ ސިޓީ

މެޑަމް ފާތިމަތު އިބްރާހިމު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން މަގުމައްޗަށް ނުނިކުންނަވާ ކަމަށް މި ސަރުކާރުގެ އިސް ވަޒީރު އަދުރޭ ވިދާޅުވެފައިވާތީ ރައީސް ޔާމީން އެކަމަށް ރައްދު ދެއްވައިފިއެވެ.

Advertisement

ޕީއެންއެފުން ބޭއްވި ޖަގަހަ ޖަލްސާގައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަލީ ފާރޫގަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މިނިވަންކުރަން އެމަނިކުފާނުގެ އާއިލާއިން ނުނިކުންނަ ވާހަކަ ސަރުކާރުގެ ވެރިން ދެއްކެވިއިރު އެމަނިކުފާނު ހައްޔަރުގައި ހުންނަވަން ޖެހުނީ ސިޔާސީ ގޮތުން ކަމަށްވާއިރު އެމަނިކުފާނުގެ އާއިލާއާ ޒާތީ ގޮތުން ދިމާ ކުރުމަކީ އެއީ ރައީސް މުހައްމަދު މުއިއްޒު ފިލާ ހުންނަވާ ހިތްވަރު ދެއްވައިގެން ހިންގަމުން ދާ ޖަރީމާއެއް ކަމަށެވެ.

އަޅުގަޑު ހައްޔަރުކޮށްފައި ހުރީ މެޑަމް ފާތިމަތުގެ ފިރިމީހާއަށް ވެގެން ނޫން. އަޅުގަޑަށް މިހާރު ސަރުކާރުގެ ވެރިން ދައްކަވާ ވާހަކަތަކުން ދޭހަވަނީ އަޅުގަޑު ހައްޔަރުގައި މިހުރީ ވަކި މީހެއްގެ ފިރިއަކަށް ވެގެން ކަމަށް. މިކަމާ މެދު ސުވާލު އުފެދޭ

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މުޒާހަރާގެ ކަންކަން ކުރިއަށް ދިޔަ ގޮތް ކުރިންވެސް ވިދާޅުވެދެއްވާފައިވާނެ ކަމަށާ އެހެންކަމުން އެމަނިކުފާނުގެ އާއިލާއިން މަގު މައްޗަށް ނުކުތްނަމަ އެމީހުން ހައްޔަރުކުރަންވެސް އޯޑަރު ދޭނީ ޕީޕީއެމް/ޕީއެންސީ އޮފީސްތެރެއިންކަން ފަހުމުވެފައި އޮތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved