ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސް އެޅިކަން ސަރުކާރުގެ ވެރިންނަށް ނޭނގުމުން ހާމަވީ ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލު ސަރުކާރަށް ނެތުން ކަމަށް މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ޕީއެންއެފްގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓު އަލީ ފާރޫގު ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރޫގު ވަނީ އީދު ވިލޭރޭ ފުލުހުން ކުމެ ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅިކަން ސަރުޚާރުގެ ވެރިންނަށް ނޭނގެއޭ ވިދާޅުވމުން ހައިރާންވާ ކަމަށެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގައި އަމަލުކުރަމުން އަންނަ ޗެއިން އޮފް ކޮމާންޑަށް ބަލާއިރު އެފަދަ އޮޕަރޭޝަނެއް ހިންގާނަމަ ފުރަތަމަ ވެސް ކޮމިޝަނަރ އޮފް ޕޮލިސްއަށް ހުށަހަޅާ ހޯމް މިނިސްޓަރުގެ ހުއްދަ ލިބިވަޑައިގެން ކަމަށްވީއރު އެރޭގެ ކަން ހިނގައިދިޔަ ގޮތަކީ ވެރިންނަށް ނޭނގޭކަމަށްވާނަމަ އެއި ހެޔޮ ފާލެއް ނޫންކަމަށް ފާރޫގު ވިދާޅުވިއެވެ.
ޖަލްސާއަށް ފުލުހުން ހުރަސް އެޅިކަން ވެރިންނަށް ނޭނގުމުން ހާމަވީ ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލު ސަރުކާރަށް ނެތްކަން
ފާރޫގު އިތުރަށް ވިދާޅުވީ، ޕީޕީއެމް ދޫކުރައްވާ ރައީސް ޔާމީން ވަޑައިގެންނެވި ވާހަކަ ސަރުކާރުގެ ވެރިން ވިދާޅުވަމުން ދާއިރު، ޕީއެންއެފް ވުޖޫދުކުރަން މަޖްބޫރުވީ ޕީޕީއެމްގެ ފިކުރު ދެމެހެއްޓުމަށްޓަކައި ކަމަށާ އެކަންވެސް ސަރުކާރުގެ ތެރެއިން ދަނީ އެކަންވެސް އޮޅުވާލަމުން ކަމަށެވެ.