April 14, 2026
Advertisement
ވޯޓުލާ ވަގުތު ހަމަވުމުން ވޯޓު ފޮށި ގުނަން ފަށަނީ
ވޯޓުލާ ވަގުތު ހަމަވުމުން ވޯޓު ފޮށި ގުނަން ފަށަނީ / މިހާރު

މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުުރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Apr 17, 2024, 07:51 PM
މާލެ ސިޓީ

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) ން ބުނީ ވޯޓުލާ ވަގުތު އިތުރުކުރުމަށް ނިންމީ އެ ކޮމިޝަނުގެ ޖަލްސާއަށް ފަހުގައި ކަމަށެވެ.

އެގޮތުން ވޯޓުލާ ގަޑި ހެނދުނު 8:00 އިން ހަވީރު 17:30 އަށް އިތުރު ކޮށްފައިވާ ކަމަށް އީސީން ވަނީ އިއުލާންކޮށްފައެވެ.

އެގޮތަށް ކޮމިޝަނުން ނިންމާފައިވަނީ މޫސުމަށް ބެލުމަށްފަހު ވިއްސާރަ ވެދާނެތީ ނުވަތަ މާ ބޮޑަށް ހޫނު ގަދަވެދާނެތީ، ހަވީރަށް ވީހާވެސް ގިނަ ވަގުތު ދިނުމަށް ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

މަޖިލީސް އިންތިހާބު އޮންނާނީ އެޕްރީލް 21 ވާ އާދީއްތަ ދުވަހުގައި ކަމަށް އީސީން ވަނީ ބުނެފައެވެ.

އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،663 އަށް އަރާއިރު އެއީ 145،302 ފިރިހެނުންނާއި، 284،663 އަންހެނުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved