March 21, 2026
Advertisement
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް ޔާމީން، މުއިއްޒަށް: މާދަމާ ފަނޑިޔާރުންގެ ބެންޗް ހަމަވާނެކަމަށް އުންމީދުކުރަން

Aishath Naja
އައިޝަތު ނަޖާ
Apr 18, 2024, 03:52 AM
މާލެ ސިޓީ

މާދަމާ ފަނޑިޔާރުންގެ ބެންޗް ހަމަވާނެކަމަށް އުންމީދުކުރާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ބުދަ ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން މާދަމާ މެންދުރަށް ތާވަލް ކުރެވުމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ މާދަމާ ރައީސް ޔާމީން މިނިވަންވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެފަދައިން ވިދާޅުވީތީ އެމަނިކުފާނު ޝުކުރުވެރިވާކަމަށެވެ.

އެހެންނަމަވެސް އެފަދައިން ރައީސް މުއިއްޒު ވިދާޅުވީމާ ހީވަނީ ރައީސް މައުމޫން 1 ފެބްރުއަރީ އަމުރު އައުމުގެ ކުރިން ވިދާޅުވި ކަހަލަ ބޮޑު ހަނދެއް ފެންނަންތޯ އައްސަވާ ރައީސް ޔާމީން ވަނީ ސުވާލެއް ވެސް ރައީސް މުއިއްޒަށް އަމާޒުކުރައްވާފައެވެ.

މިއޮތް ހުރިހާ ދުވަހު އެމަނިކުފާނުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުކޮށް، މަޖިލީހުގެ ރައީސް އަހުމަދު އަސްލަމް ރައީސް ޔާމީންގެ މައްސަލަ ލަސްވާ ސަބަބު ހާމަކުރުމަށް ޖޫޑީޝިއަލް ކޮމިޝަން ސާވިސް އަށް ހުށަހަޅާނެ ކަމަށް ވިދާޅުވުމުން ސަރުކާރުން ގޮތް ހުސްވެ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުން ތާވަލް ކުރި ކަމަށް ވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވެރިކަމަށް އައުމުގެ ކުރިން ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ ވެރިކަމަށް އައުމަށްފަހު ރައީސް ޔާމީންގެ ޝަރީއަތްތައް ވެސް ކުރިޔަށް ނުގެންގޮސް ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވާފައި ވާތީވެ، ރައީސް ޔާމީން ވަނީ މާދަމާގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗު ހަމަވާނެ ކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެ ރައިސް މުއިއްޒަށް ރައްދު ދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved