March 21, 2026
Advertisement
ރައީސް ޔާމީންގެ ސަޕޯޓަރުން ހައި ކޯޓުގެ ބޭރުގައި
ރައީސް ޔާމީންގެ ސަޕޯޓަރުން ހައި ކޯޓުގެ ބޭރުގައި / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވާ ކޯޓުގެ ބޭރުގައި އަޑު އުފުލަނީ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 18, 2024, 06:42 PM
މާލެ ސިޓީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުން މިއަދު 1:00 އަށް ތާވަލުކޮށްފައިވަނިކޮށް އެމަނިކުފާނުގެ ސަޕޯޓަރުން ހައި ކޯޓު ހުންނަ ސަރަހައްދަށް އެއްވެ އަޑު އުފުލަން ފަށައިފި އެވެ.

Advertisement

ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ޝަރީއަތްތައް ނިމި ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި މިވަނީ ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސް ފަހުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީންގެ މައްސަލައިގައި އިންސާފު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިނަމަވެސް ކޯޓުގެ އަޑުއެހުން ލަސްކުރުމަށް ސަރުކާރުން ވާގިވެރިވަމުން ދިޔަ މަންޒަރު މިދިޔަ ދުވަސްތަކުގައި ވަނީ ފެނިގެން ގޮސްފަ އެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވައިލުމުގެ ގޮތުން އެމަނިކުފާނުގެ ސަޕޯޓަރުން ހައި ކޯޓު ކުރިމަތީގައި އަޑު އުފުލަމުން ދާއިރު މިދިޔަ ދުވަސްތަކުގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ވަނީ ރައީސް ޔާމީންގެ މައްސަލަ އަވަސް ކުރުމަށް އެދި ހުށަހަޅައިފަ އެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން މިމައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
ކޮމެންޓްތައު
ފަރީޝާ
Apr 18, 2024, 08:36 PM
މުއިއްޒުއަށް ވެގެން ރައީސް މިނިވަން ނުކުރާނެ. ވަގު ހިޔަޅު ވެރިކަން ލިބުނީ ރައީސް ޔާމީންގެ ފޮޓޯ ޖަހައިގެން ދުވީމަ. ކައްޒާބުގެ ވެރިކަން ނިންމަން ޖެހޭ. ރައީސް ޔާމީނަށް ލިބުނު ވޯޓް އެއީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved