March 9, 2026
Advertisement
ޕީއެންއެފްގެ ރައީސް ޒޭން ވޯޓު ލައްވަނީ
ޕީއެންއެފްގެ ރައީސް ޒޭން ވޯޓު ލައްވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ރައީސް ޒޭން ވޯޓު ލައްވައިފި

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 21, 2024, 07:18 PM
މާލެ ސިޓީ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ރައީސް ޒޭން އަބްދުﷲ ޔާމީން ވޯޓު ލައްވައިފި އެވެ.

Advertisement

ޒޭން ވޯޓު ދެއްވުމަށްޓަކައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ވަޑައިގެންނެވީ މިއަދު މެންދުރު ފަހު 1:30 ހާއިރު އެވެ. ޒޭން ނިސްބަތްވެވަޑައިގަންނަވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ. އެ ދާއިރާއަށް ޖުމްލަ 5 ކެނޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެއީ އެމްޑިޕީ ކެނޑިޑޭޓަކާއި، ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓެއްގެ އިތުރުން ޑިމޮކްރެޓްސްގެ ކެނޑިޑޭޓެކެވެ. އަނެއް ދެ ކެނޑިޑޭޓުން ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 5:30 އާއި ހަމައަށެވެ. މިއަދު 1 ޖެހުމާއި ހަމައަށް އެއް ލައްކައާއި ގާތްގުރާ އަދަދަކަށް މީހުން ވަނީ ވޯޓު ލައިފަ އެވެ.

ކުރީ އިންތިހާބުތަކާއި އަޅާ ބަލާއިރު މި އިންތިހާބަށް ލިބޭ ތަރުހީބު ރަނގަޅެވެ. އަންދާޒާ ކުރެވޭ ގޮތުގައި ގާތްގަނޑަކަށް 80 އިންސައް މީހުން މި އިންތިހާބުގައި ވޯޓު ލާނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved