May 5, 2026
Advertisement
މާލޭ ސިޓީ
މާލޭ ސިޓީ / ސޯޝަލް މީޑިއާ

މާލެއަށް މިއަދު އިހުސާސްކުރެވޭ ހޫނުމިން 46 ޑިގްރީ ސެލްސިއަސްގައި

Aishath Naja
އައިޝަތު ނަޖާ
Apr 24, 2024, 08:30 PM
މާލެ ސިޓީ

މާލެ ސިޓީއަށް މިއަދު އިހުސާސްކުރެވޭ ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް އަރާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

Advertisement

މިއަދު 14:00 އާ ހަމަޔަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިން ހުރި ވަރުގެ ތަފްސީލްތައް އެ އިދާރާ އިން ވަނީ އާންމުކޮށްފައެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހދ. ހަނިމާދޫގެ އިހުސާސްކުރެވޭ ފިނިހޫނު މިން ހުރީ 42.8 ޑިގްރީ ސެލްސިއަސްގައެވެ.

ލ. ކައްދޫގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 38.6 ޑިގްރީ ސެލްސިއަސްގައެވެ.

އަދި ސ. ގަމުގެ އިހުސާސްކުރެވޭ ފިނިހޫނުމިން 31.6 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ގދ. ކާޑެއްދޫގެ ފިނިހޫނު މިން ހުރީ 31.2 ޑިގްރީ ސެލްސިއަސްގައެވެ.

ކޮންމެ ދުވަހަކުވެސް އެންމެ ހޫނު ގަދަވާ ކަމަށް ފާހަގަކުރެވެނީ މެންދުރުފަހު 14:00 ގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved