

ނިމިދިޔަ މަހު ޒަކާތު ފަންޑުން ފައިސާ އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު އެހީއަށް ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްގެ މާރޗް މަހުގެ ތަފާސް ހިސާބު ރިޕޯޓުން އެނގޭ ގޮތުގައި ޒަކާތު ފަންޑުން 59 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޒަކާތު ފަންޑުން ހަތަރު ދާއިރާއަކުން ބޭސްފަރުވާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
އެއީ ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.
ކެންސަރު ބަލީގެ ފަރުވާއަށް 190،882.5 ރުފިޔާ، ހިތުގެ އޮޕަރޭޝަނަށް 8،481 ރުފިޔާ، ޓްރާންސްޕްލާންޓަށް 25،443 ރުފިޔާ އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށް 180،407.5 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ ރިޕޯޓުން ދައްކައެވެ.
އެހެނިހެން ޚަރަދުތަކަށް ޒަކާތު ފަންޑުން 227،872.50 ރުފިޔާ ޚަރަދުކޮށްފައިވާއިރު ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށް ވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.