April 15, 2026
Advertisement
ޕީއެންސީ ޖަލްސާއެއްގައި ހަވާ އަރުވަނީ
ޕީއެންސީ ޖަލްސާއެއްގައި ހަވާ އަރުވަނީ / ވަގުތު.އެމްވީ

އުފާފާޅު ކުރަންކަމަށް ބުނެ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ބޭކާރު ކުރޭ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 27, 2024, 04:37 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާފާޅު ކުރަންކަމަށް ބުނެ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ބޭކާރު ކުރާތީ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Advertisement

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލި ގިނަ ކެނޑިޑޭޓުން އުފާ ފާޅުކުރަން ކަމަށް ބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަވާ އަރުވައި ސްޓޭޖު ޝޯތައް ބާއްވަމުންނެވެ. މިކަމަށް އިޝާރާތް ކުރައްވައި މަލީހު ވިދާޅުވީ ސަރުކާރު މެމްބަރުން ހަވާ އަރުވައި ނިމޭއިރު 11 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އަދި މިއީ ހަމައެކަނި ބަޑިބޭހަށް ހަރަދުވާ ފައިސާ ކަމަށާއި، ތައްޔާރީތަކަށާއި އެހެނިހެން ހަރަދުތައް އެއްކުރުމުން އެފައިސާއިން ބޮޑު ޕްރޮޖެކްޓެއް ހިންގިދާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ޒިންމާދާރު ކުރުވުން އެއީ ރައްޔިތުން އެކަމާއިމެދު ވިސްނަންވާނެ ކަމެއްކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ކަމަށް ބުނެ އެންމެ ފުރަތަމަ ހަވާ އެރުވީ މާލޭގަ އެވެ. މީގެ އިތުރުން ރޭ ވަނީ ވ. ކެޔޮދޫގައި ހަވާ އަރުވައިފަ އެވެ. އަދި މިރޭ ޅ. ހިންނަވަރާއި، ލ. އަތޮޅުގެ އިތުރުން ހުޅުމާލޭގައިވެސް ހަވާ އަރުވާނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved