March 18, 2026
Advertisement
މޫސުން ގޯސް، ކަނޑުގަދަ ދުވަހެއް
މޫސުން ގޯސް، ކަނޑުގަދަ ދުވަހެއް / ޕޮލިސް

މިރޭ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ: މެޓް

Aishath Naja
އައިޝަތު ނަޖާ
Apr 28, 2024, 10:36 PM
މާލެ ސިޓީ

މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

Advertisement

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރާ ކުރުމާއެކު ގުގުރާނެ ކަމަށެވެ.

އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެސް ވާކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލާށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved