March 10, 2026
Advertisement
ޕީއެންއެފް ސެނެޓު ބައްދަލުވުމުގެ ރިޔާސަތުގައި ރައީސް ޔާމީން
ޕީއެންއެފް ސެނެޓު ބައްދަލުވުމުގެ ރިޔާސަތުގައި ރައީސް ޔާމީން / ސޯޝަލް މީޑިއާ

ރައީސް ޔާމީން ރިޔާސަތުގައި އިންނަވާ، ޕީއެންއެފްގެ ފުރަތަމަ ސެނެޓު ބައްދަލުވުން ބާއްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 28, 2024, 08:27 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ރިޔަސަތުގައި ޕީޕަލްސް ނެޝަނަލް ޕްރޮންޓު (ޕީއެންއެފް)ގެ ފުރަތަމަ ސެނެޓު ބައްދަލުވުން ބާއްވައިފިއެވެ.

Advertisement

ހޮނިހިރު ދުވަހު ދަ ފްރޮންޓު އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޕާޓީގެ ވަގުތީ ރައީސް ޒޭން އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުން އިއްޔެ ވަގުތެއްގައި  ބޭއްވިކަން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މަލީހް ޖަމާލު ރޭ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވައިފައެވެ.

ޕީއެންއެފް ސެނެޓް ފުރަތަމަ ބައްދަލަވުމުގައި ޕާޓީގެ ހަތަރު ކޮމެޓީއަކަށް މެމްބަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.  އެ ކޮމިޓީތަކަކީ:

  •  ސުލޫކީ ކޮމެޓީ
  •  އިސްތިއުނާފު ކޮމެޓީ
  •  އީސީ ކޮމެޓީ
  •  މެމްބަރު އެފްއާޒް ކޮމިޓީ އެވެ.

މި ބައްދަލުވުމުގައި ރައީސް ޔާމީން ރިޔާސަތު ބެލެެހެއްޓެވީ ސެނެޓުގެ ރުހުމާ އެކުއެވެ.

ޕީއެންއެފް އުފެއްދީ ޕީޕީއެމް ތެރެއިން ރައީސް ޔާމީނަށް ސިޔާސީ މަސައްކަތްކުރުމަށް ހުރަސް އެޅުމާ ގުޅިގެންނެވެ. ޕާޓީ އެމަނިކުފާނުގެ ދޮށީ ދަރިކަލުންގެ ނަމުގައި އުފެއްދީ އެމަނިކުފާނު އޭރު ހުކުމެއްގައި ބަނދެފައި ހުރުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved