March 19, 2026
Advertisement
އިސްރާއިލްގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހު
އިސްރާއިލްގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހު / ގޫގުލް

ޣައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓާނެ ކަމަށް ނިރުބަވެރި ޔަހޫދީން ބުނެފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 16, 2024, 08:50 PM

ޣައްޒާއަށް ދެމުންދާ ނިރުބަވެރި ހަމަލާތައް ނުހުއްޓާނެ ކަމަށް ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ބުނެފިއެވެ.

Advertisement

ނިރުބަވެރި ޔަހޫދީންގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާ ގޮތުން ހަނގުރާމައިން ޔަހޫދީންނަށް ކާމިޔާބީ ނުލިބެނިސް އެމީހުން ހަނގުރާމަ ނުހުއްޓާނެއެވެ.

އޭނާ މިހެން ބުނެފައިވަނީ، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށައެޅި މައްސަލައާއި ގުޅިގެން ވާހަކަދައްމުންނެވެ.

ޣައްޒާގެ މީޑިއާތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މަހު އެކަނިވެސް ނިރުބަވެރި އިސްރާއީލުން 65,000 ޓަނަށް ވުރެ ގިނަ ބޮން ވަނީ އަޅާފައެވެ. އަދި ސެޓަލައިޓް ފޮޓޯ ތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ 33% ގެތައް ވަނީ ބިމާއި ހަމަކޮށްލައިފައެވެ.

އާބާދީގެ ގާތްގަނޑަކަށް 85% ނުވަތަ 1.9 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 90% ވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އދ އިން އަންދާޒާކުރެއެވެ

ފަލަސްތީންގެ ޣައްޒާއަށް ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން ދެމުންގެންދާ ހަމަލާ ތަކަށް 100 އަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިހާތަނަށް ހަމަލާ ތަކުގައި 23,968 މީހަކު ޝަހީދު ވެފައިވާއިރު 60,582 މީހަކު ވަނީ މި ހަމަލާތަކުގައި ޒަހަމް ވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަ ކުދިންނާއި އަންހެނުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved