March 18, 2026
Advertisement
ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސް
ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސް / ޕޮލިސް

މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފި!

Aishath Naja
އައިޝަތު ނަޖާ
Apr 29, 2024, 06:21 PM

މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

Advertisement

މެޓުން ލަފާކޮށްފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ އެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.

މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށެވެ.

އެ ރަށަށް 81 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.

ށ. ފުނަދޫ އާއި އއ. ތޮއްޑޫ އާއި އެ އަތޮޅު ހިމަންދޫ އަދި އދ. މާމިގިލީގެ އިތުރުން ލ. ކައްދޫއަށް ވެސް 50 މިލިމީޓަރަށް ވުރެ ގިނައިން ވާރެވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

އިއްުޔެ ކުރި ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެސް ވަނީ ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved