March 18, 2026
Advertisement
ކ. ތުލުސްދުއަށް ޗުއްޓީހޭދަކުރަން ގޮސް އުޅުނު އިޒްރޭލުގެ ފަތުރުވެރިއަކު އެ ރަށުން ބާލައިފި
ކ. ތުލުސްދުއަށް ޗުއްޓީހޭދަކުރަން ގޮސް އުޅުނު އިޒްރޭލުގެ ފަތުރުވެރިއަކު އެ ރަށުން ބާލައިފި / ސޯޝަލް މީޑިއާ

ކ. ތުލުސްދުއަށް ޗުއްޓީހޭދަކުރަން ގޮސް އުޅުނު އިޒްރޭލުގެ ފަތުރުވެރިއަކު އެ ރަށުން ބާލައިފި

Aminath Zara
އައިމިނަތު ޒާރާ
May 1, 2024, 01:38 AM
މާލެ ސިޓީ

ކ. ތުލުސްދުއަށް ޗުއްޓީހޭދަކުރަން ގޮސް އުޅުނު އިޒްރޭލުގެ ފަތުރުވެރިއަކު އެ ރަށުން ބާލައިފިއެވެ.

Advertisement

މި އަންހެން ފަތުރުވެރިޔާ އެ ރަށުން ބާލާފައިވަނީ އެރަށު ރައްޔިތުން އެއްވެގެންނެވެ. އޭނާއަކީ އިޒްރޭލު މީހެއްކަން އެނގުމުން ރަށު ރައްޔިތުން ގެސްޓްހައުސްގެ ވެރިމީހާއާ ވާހަކަ ދެއްކި ކަމަށް މަޢުލޫމާތު ލިބެއެވެ.

 އަދި، ގެސްޓްހައުސްގެ ވެރިމީހާގެ ފަރާތުން ވެސް އޭނާ ބާލުއްވަން އެއްބާރުލުން ލިބުނު ކަމަށާއި އެންމެ ފުރަތަމަ އޮތް ލޯންޗުން އޭނާ ހުޅުލެއަށް ފޮނުވާލާފާވެއެވެ.

ތުލުސްދޫއަކީ ރާޅާއެޅުމަށް މަގުބޫލު މަންޒިލަކަށްވާއިރު މިއީ އިޒްރޭލު ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ. ނަމަވެސް، މި ރަށަށް އިޒްރޭލު ފަތުރުވެރިން އެރުން މަނާކުރީ، މިދިޔަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ފެށި ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 50،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved