
މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގެ ގިން ސަރަހައްދުތަކަށް މިއަދުގެ ހޫނުމިން ހުރީ 40 އަށްވުރެ މަތީގައެވެ.
މީގެ އިތުރުން މާލެ ސަރަހައްދަށް މިއަދުގެ ހޫނުމިން ހުރީ 47 ޑިގްރީގައި ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މިއަދު 14:00 ޖެހިއިރު އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން:
މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މިއީ މި އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައިވެއެވެ.










