އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސިޓީގެ އާބާދީ ބޮޑުވުމުން އެ ކުންފުނިން އުފައްދާ ފެން ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ.
އަދި މިހާރު ހަރުކުރެވިފައިވާ ޕްލާންޓުން އުފެއްދޭ ފެނަށްވުރެ ބޭނުން ކުރާ ފެނުގެ ނިސްބަތް އިތުރު ވެފައިވާ ކަމަށެވެ.
އަދި އެކަން ހައްލު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައި ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.
ފާއިތުވި 5 އަހަރު ދުވަހު އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން އެ ސިޓީގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާކަން ފެނަކައިން ވަނީ ބަޔާނުގައި ފާހަަގަކުރައްވާފައެވެ.
މި ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކާއި މަޝްވަރާ ކުރެވި އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެއް އަހަރުގެ އަޕްގްރޭޑިން ޕްރޮޖެކްޓް އެމްޑަބްލިއުއެސްސީ އާއި ހަވާލު ކޮށްފައިވާ ކަމަށް ފެނަކައިން ވަނީ ހާމަކޮށްފަެއެވެ.