March 19, 2026
Advertisement
ހީނާ ނޫސްވެރިންނާ ވާހަކަދައްކަވަނީ
ހީނާ ނޫސްވެރިންނާ ވާހަކަދައްކަވަނީ / އަދަދު

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ލަފާދީފައިވާއިރު ރައީސް އަމަލީ ފިޔަވަޅެއް ނުނަންގަވާ ލަސްކުރާ ސަބަބެއް ވިދާޅުވެ ނުދެއްވުނު!

Mariyam Isaadha
މަރިޔަމް އިސާދާ
May 6, 2024, 09:41 PM
މާލެ ސިޓީ

އިޒްރާއިލު ޕާސްޕޯޓު ބޭން ކުރުމަށް ލަފާއެރުވުމުން ވެސް އެކަމުގައި އަމަލީ ސިފަ ނުގެންނަވާ ރައީސް މުހައްމަދު މުއިއްޒު އުޅުއްވާ ސަބަބު ޗީފު ސްޕޯކްސްޕާސަން ހީނާ ވަލީދަށް ވިދާޅުވެ ނުދެއްވުނުކަން ހާމަވެއްޖެއެވެ.

Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ޚާރިޖީ ކޮމިޓީން ޑރ މުއިއްޒުއަށް ސިޓީ ފޮނުވާފައިވާއިރު އެކަމުގައި އަމަލީ ސިފައެއް ނުގެންނަވާ ލަސްކުރަމުން ގެންދާ ސަބަބާ މެދު ސުވާލުކޮށްފައެވެ.

ޖަވާބުގައި ހީނާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބުމަކީ ދިވެހި ސަރުކާރުގެ އުއްމީދު ކަމަށާ އަދި ދިވެހި ސަރުކާރު އޮތީ ފަލަސްތީނާ އެކު ކަމަށާ އަދި ދިވެހި ސަރުކާރު ސްޓޭންޑަކީ ފަލަސްތިނާ އެކު ދެމި ތިބުން ކަމަށެވެ.

މީގެ އިތުރުން ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމުގައި ވެސް ހީނާ ވިދާޅުވިއެވެ. ނަމަވެސް އިޒްރޭލު ޕާސްޕޯޓުގެ ކަންތަކުގައި އަމަލީ ސިފައެއް ނުގެންނަވައިގެން އުޅޭ ސަބަބެއް ހީނާގެ ވާހަކައިގައި ފާހަގަކުރައްވާފައި ނުވެއެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ފާއިތުވި ނޮވެމްބަރުމަހު، ރައީސް މުއިއްޒުއަށް ސިޓީ ފޮނުވިތާ 5 މަސްވެގެންދިޔައިރުވެސް, އެސީޓީއަށް މިއަދާއި ހަމައަށްވެސް މުއިއްޒު ޖަވާބު ދެއްވާފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved