ރަސްކަމެއްގެ ތެރެއިން ވެރިކަން ކުރައްވަން ވިސްނަވާފައި ހުންނެވި ވެރިއަކަށް މާ ގިނަ ގާނޫނުތަކެއް ބޭނުންނުވާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލު ވަނީ ސަރުކާރު ހިންގަން އަދި ރައީސް މުއިއްޒުގެ ވައުދުތައް ފުއްދަން 200 އަށް ވުރެ ގާނޫނު ފާސްކުރަން ޖެހޭ ކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ޑރ. ޖަމީލު ވިދާޅުވެފައިވަނީ، ސަރުކާރު އަތުގައި ހުށަހަޅާނެ 200 ބިލެއްނެތްކަން ޔަގީން ކަމަށާ އެމޭރުމުން ވާހަކަ ދެއްކީ ރ. މުއިއްޒު މަޖްލިސް އިންތިޚާބު ކާމިޔާބު ކުރައްވަން ކަމަށެވެ. އެއީ ކަނޑައެޅިހެން ހެދި އިތުރުފުޅެއް ކަމަށާ ސަރުކާރުން އަދި ކިރިޔާ 200 ގާނޫނު ހަމަ ކުރާނެ ގޮތެއް ވިސްނަނީ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ސަރުކާރު އަތުގައި ހުށަހަޅާނެ 200 ބިލެއްނެތްކަން ޔަގީން. އެވާހަކަ ދެއްކީ ރ. މުއިއްޒު މަޖްލިސް އިންތިޚާބު ކާމިޔާބު ކުރަން. އެއީ ކަނޑައެޅިހެން ހެދި ދޮގެއް. މިހާރު އަދި ވިސްނަނީ 200 ހަމަ ކުރާނެ ގޮތެއް.
— Mohamed Jameel Ahmed (@MJameelAhmed) May 6, 2024
ގާނޫނަށް ބެލުމެއް ނެތި ރަސްކަލެއްގެ ގޮތުގައި ކުންފުނިތަކާ ސަރުކާރު ހިންގާ… https://t.co/uyWzXmaSd9
މީގެ އިތުރުން ޑރ. ޖަމީލު ރައީސް މުއިއްޒު ކުރައްވަން ގަސްދު ކުރައްވަނީ ރަސްކަމެއް ކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ގާނޫނަށް ބެލުމެއް ނެތި ރަސްކަލެއްގެ ގޮތުގައި ކުންފުނިތަކާ ސަރުކާރު ހިންގާ ވެރިޔަކަށް މާގިނަ ގާނޫނުތަކުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކުރައްވާ ޑރ. ޖަމީލު ވަނީ ރައީސް މުއިއްޒުގެންދަވަނީ، ރައްޔިތުން ލައްވާ ސަލާން ޖައްސުވަމުން ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކަރަންޓާއި ފެންބިލު ހިފައިގެން ދިމްޔާތު ބޭރު ކިއު ޖައްސާ ކޮންމެ ރައްޔިތަކަށްވެސް އެއްޗެއް ލިބޭނެކަމަށް ވިދާޅުވެ ޑރ. ޖަމީލު ވިދާޅުވެފައިވަނީ ކުންފުނިތަކަށް ގާނޫނީ ޒިންމާ އަދާކުރުމަށް ވެސް ރައީސް މުއިއްޒު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
މިއަދު ކުންފުނިތަކުގެ ވެރިން ދަސްކުރަނީ ރަސްގެފާނުގެ އޯޑަރު އޮތްގޮތް ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ ދާދި ފަހުން ކަރަންޓު ބިލުގެ މައްސަލައިގައި ސްޓެލްކޯގެ އެމްޑީއަށް މަޖްބޫރުކުރި ކުރުން ފާހަގަކުރައްވާފައެވެ.
ޑރ. ޖަމީލު ވިދާޅުވީ، އެހެންކަމުން ރަސްކަމެއްގެ ސިފަ ޖައްސައިގެން ވެރިކަން ކުރައްވަން ޑރ. މުއިއްޒު ވިސްނަވަމުން ގެންދަވާއިރު މާގިނަ ގާނޫނުތަކެއްގެ ބޭނުމެއް ނެތް ކަމަށެވެ.