ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އަދުރޭއަށް ތަންދޮރު އޮޅުން ނުފިލާތީ ފާޑުވިދާޅުވެއްޖެއެވެ.
އަދުރޭގެ ދަރި، ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އިންޑިޔާގެ މީޑިޔާއަކަށް ދެއްވި އިންޓަވިޔު އެކްސްގައި ޝެއާރ ކުރެއްވުމަށްފަހު އަދުރޭގެ މަރުހަބާ ދަރިކަލުންނަށް ދެންނެވުމުން މަލީހް ވިދާޅުވީ އަދުރޭ ފަދައިން އޭނާވެސް ފައިސަލް އަށް މަރުޚަބާ ކިޔާކަމަށެވެ.
އަދި އަދުރޭގެ ނޭނގުމަށްވެސް މަރުހަބާ ދަންްނަވާކަމަށް މަލީހް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައެވެ.
ފައިސަލްގެ އިންޓަވިޔު ވީޑިޔޯ ހިއްސާކުރެއްވުމަށްފަހު، އެ ވީޑިޔޯ އިން ވެސް އެ ދޭހަވަނީ ގައުމުގެ ހާލަތުކަމަށް ވިދާޅުވެ މަލީހް ވަނީ ކަންބޮޑުވުން ވެސް ފާހަގަކުރައްވާފައެވެ.
އޭގެއިތުރުން މަލީހް ވަނީ ރައީސް މުއިއްޒު އަދުރޭގެ އަތްދަށު ވެވަޑައިގެންނެވީ ކީއްވެގެންތޯ އައްސަވާފައެވެ.
އަދި އަދުރޭވެސް ނޭނގޭ ވާހަކަތައް ނުދެެެެއްކުމަށް ގޮވާލާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް އަދުރޭގެ ދަރިކަލުން ފައިސަލް އައްޔަންކުރައްވާފައިވަނީ އެއްވެސް ތައުލީމެއް ތަޖުރިބާއެއް ފައިސަލްގެ ނެތިކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.