May 27, 2026
Advertisement
ޒަކާތު ފަންޑް މެނޭޖްކުރުމަށް ރަނގަޅު ޤާނޫނެއް ނެތް: މަލީޙް ޖަމާލް
ޒަކާތު ފަންޑް މެނޭޖްކުރުމަށް ރަނގަޅު ޤާނޫނެއް ނެތް: މަލީޙް ޖަމާލް / ސޯޝަލް މީޑިއާ

ޒަކާތު ފަންޑުން މިނިސްޓަަރަށް ނުވަތަ އެހެން ފަރާތަަކަށްވެސް ވައްކަމެއް ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
May 10, 2024, 02:47 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޒަކާތާއި ގުޅޭ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ހަރުދަނާ ކަމާއި އެކުގައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ތެރެއިން ވައްކަން ކުރެވޭ ގޮތަށް އެއްވެސް އިރެއްގައި ނެތް ކަމަށާއި، ކަންކަން ތަރުތީބު ކޮށްފައިވަނީ އެ މަގުން އެއްވެސް މީހަކަށް ދެވޭނެ ގޮތަށް ނޫންކަމަށެވެ.

މިނިސްޓަރ ވަނީ ވިޔަފާރިވެރިންގެ ކިބައިން މުދަލުގެ ޒަކާތް ދެއްކެވުމަށް އިލްތިމާސްވެސް ކޮށްފައެވެ. މުދަލުން ޒަކާތް ނެރުމަކީ މުދަލުގައި މާތްﷲ ބަރަކާތްލައްވާނެ ކަމެއް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved