February 20, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / އިސްލާމިކް މިނިސްޓްރީ

މަޖިލިސް މެމްބަރުން ގުޅާނެ ނަންބަރު ހަމަޖެއްސީ ލާމަރުކަޒީ ނިޒާމަށް ވާގިވެރިވާން: ޝަހީމް

Aishath Naja
އައިޝަތު ނަޖާ
May 9, 2024, 07:55 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް ހަމަޖެއްސީ ލާމަރުކަޒީ ނިޒާމަށް ވާގަވެރިވާން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން މިނިސްޓާރ ޝަހީމް ވިދާޅުވީ ދާއިރާތަކާ ގުޅުން ހުރި ކަންތަކުގައި މަޖިލިސް މެމްބަރުންގެ ގިނަ ކޯލުތަކެއް މިނިސްޓަރުންނަށް ލިބޭ ކަމަށެވެ.

އެއްވެސް ހާލެއްގައި ދާއިރާގެ މީހަކު ހުކުރު ހުއްދައެއް ނަގަން އޭނާ ދާން ޖެހޭނީ އެމްޕީ ކައިރިއަކަށް ނޫން ކަމަށް ވެސް މިނިސްޓާރ ވިދާޅުވިއެވެެ.

މިނިސްޓާރ މިފަދައިން ސާފުކޮށްދެއްވާފައިވަނީ ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔުމުންނެވެ.

އަލަށް ހޮވުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހިދުމަތުގައި މަންދޫބެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމް އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved