މުހައްމަދު މަލީހު ޖަމާލް / މިސްބާހް | ތޭރަ އިމޭޖްސް
ސިޔާސީ
އިންތިގާލީ މަރުހަލާގައި ބަޖެޓުން ކުރި ހަރަދުގެ ރިޕޯޓު އާންމުކުރަން މަލީހް ގޮވާލައިފި
Aishath Alaina
އައިޝަތު އަލައިނާ
14 މޭ 2024
މާލެ ސިޓީ

އިންތިގާލީ މަރުހަލާގައި މި ސަރުކާރުން އިންތިގާލީ އޮފީހުގެ ބަޖެޓުން ކުރި ހަރަދުގެ ރިޕޯޓު އާންމުކުރަން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރަށް ނިމުން އައިސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިން މި ސަރުކާރުން އިންތިގާލީ އޮފީހުގެ ބަޖެޓުން ބޭނުންކޮށްގެން އަމިއްލަ އެކި ޚަރަދުތައް ކުރަމުން އަންނަކަމުގެ މައުލޫމާތު ވަނީ އާންމުވެފައި ކަމަށެވެ.

މަލީހު ވިދާޅުވީ މިފަދައިން އާންމުވި މައުލޫމާތުގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅުކަމަށްވާ ދިމިޔާތުގެ މަރާމާތައް އަދި އެހެނިހެން ކަންކަމަށް އިންތިގާލީ އޮފީހުގެ ބެޖެޓުން ހަރަދުކޮށްފައި ވާކަަމަށެވެ.

އަދި މިހާރުގެ ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވަނީ ސްޓެލްކޯގެ ތެރެއިން މި ބަޖެޓު ބޭނުންކޮށްފައި ކަންވެސް ވަނީ ހާމަވެފައިއެވެ.

މިފަދަ ގޯސްތައް ހުރިކަން އާންމުވެފައި ވާއިރު ބަޖެޓުގެ ރިޕޯޓު އާންމުކުރުމަށް ސަރުކާރަށް މަލީހު ވަނީ ގޮވާލާފައިއެވެ.

މި ސަރުކާރުން މިފަދަ މައުލޫމާތު އާންމުކުރަން ގޮވާލަމުން އަންނައިރުވެސް ސަރުކާރުން މިކަމަށް އެއްވެސް އިޖާބައެއް ނުދޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved