March 22, 2026
Advertisement
އިންޑިއާގެ ރޫޕޭ ގެންނަން ދެކޮޅު ހެދައި ރައްޔިތުންނަށް އޮޅުވާލި މީހުން، ރޫޕޭ ގެންނަން ނިންމައިފި
އިންޑިއާގެ ރޫޕޭ ގެންނަން ދެކޮޅު ހެދައި ރައްޔިތުންނަށް އޮޅުވާލި މީހުން، ރޫޕޭ ގެންނަން ނިންމައިފި / ސޯޝަލް މީޑިއާ

އިންޑިއާގެ ރޫޕޭ ގެންނަން ދެކޮޅު ހަދައި ރައްޔިތުންނަށް އޮޅުވާލި މީހުން، ރޫޕޭ ގެންނަން ނިންމައިފި

Aminath Zara
އައިމިނަތު ޒާރާ
May 18, 2024, 05:14 PM
މާލެ ސިޓީ

އިންޑިއާގެ ރޫޕޭ ކާޑު ގެންނަން ދެކޮޅު ހަދާ އެންމެ ގަދައަށް އެކަމާ ހިފާލި ފަރާތްތައް ރޫޕޭ ކާޑު ގެންނަން މިހާރު އެއްބަސްވެއްޖެއެވެ.

Advertisement

ރާއްޖެއަށް ރުޕޭ ކާޑު ގެންނަން އެންމެ ފުރަތަމަ އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި ބީއެމްއެލް އާއި އެކު ސޮއެ ކޮށްފައި ވަނީ އެމްޑީޕީގެ ސަރުކާރުން، 4 ޑިސެމްބަރ 2019 ގައި އެވެ.

އެއިރުގައި، މިކަމާ ގުޅުވާ ދިވެހިރާއްޖެ އަޅުވެތިވެދާން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާ ދޮގު ވާހަކަތައް ފެތުރި މިހާރުގެ ސިޔާސީ އިސްވެރިން، ރޫޕޭ ރާއްޖެއަށް ގެނައުމަށް ތާއީދު ކުރުމުން މި ފަރާތްތަކުން އިންޑިއާއަށް ހަގީގަތުގައިވެސް މިހާރު އަޅުވެތިވެފައިވާ މިންވަރު ހާމަވެއެވެ.

މި ޚިދުމަތް ދިނުމަށް އޭރު ހަމަޖައްސާފައި ވަނީ، އިންޑިއާގެ ނެޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެންނެވެ. ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގެ ބައިވެރިވުމާއެކު އެއްބަސްވުން ބަދަލުކުރުން އޮތީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެންދާނެއެވެ. ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެފަދަ ދެވަނައެއް ނެތް ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.

މި ޚިދުމަތް ކުރިއަށް ގެންދާނޭ ކަމަށް މި ސަރުކާރުން ހާމަ ކޮށްފައި ވަނީ މިހާރުގެ އެކޮނޮމިކް މިނިސްޓަރ ސައީދު އެވެ. މިކަން ހާމަ ކޮށްފައި ވަނީ، ޗައިނާގެ ކާޑެއް ރާއްޖޭގައި ބޭނުން ކުރެވޭގޮތް ހެދުމާއި އެކު، އެކި ފަރާތްތަކުން ކުރަމުންދިޔަ ޝަކުވާއާއި ގުޅިގެންނެވެ..

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved