ބ. އަތޮޅުން ފެށިގެން ދެކުނަށް ނެރުނު ރީނދޫ ސަމާލު 4 ވަނަ ފަހަރަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިތުރުކޮށްފިއެވެ.
މިއަދު ހަވީރު 17:30 އިން 22:30 އަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 25 މާލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ.