March 12, 2026
Advertisement
 މޫސުން ގޯސްވާނެ
މޫސުން ގޯސްވާނެ / ސޯޝަލް މީޑިއާ

ކުރިޔަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ: މެޓް އޮފީސް

Aishath Naja
އައިޝަތު ނަޖާ
May 19, 2024, 07:43 PM
މާލެ ސިޓީ

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށާއި، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަމަށެވެ.

ރާއްޖެއަށް 24 ގަޑިއިރު ތެރޭގައި 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެގެން ދާނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.


ދެކުނުގައި އައްޑޫ ކައިރީ ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި އެ ކޮޅިގަނޑު ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށާއި، ދެކުނަށް އެހާ ވައިގަދައީ ކޮޅިގަނޑުގެ ސަބަބުން ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، މޫސުން އެހާ ބޮޑަށް ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved