March 19, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ ރ.އަލިފުށްޓަށް!

Aishath Naja
އައިޝަތު ނަޖާ
May 19, 2024, 09:33 PM
މާލެ ސިޓީ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައި ވަނީީ ރ. އަލިފުށްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.

Advertisement

މެޓް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އެ ރަށަށެވެ.

އެ ރަށަށް 40.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ނ. މާފަރަށެވެ.

ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ ހދ. މަކުނުދޫއަށެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:

  • ހއ. ކެލާ - 19.8 މިލިމީޓަރު
  • ހދ. ކުޅުދުއްފުށި - 19.1 މިލިމީޓަރު
  • ހދ. މަކުނުދޫ - 37.9 މިލިމީޓަރު
  • ށ. ކޮމަންޑޫ - 29.7 މިލިމީޓަރު
  • ނ. މާފަރު - 40.1 މިލިމީޓަރު
  • ރ. އަލިފުށި - 40.4 މިލިމީޓަރު
  • ހުޅުލެ - 26.1 މިލިމީޓަރު
  • މާލެ - 21.1 މިލިމީޓަރު

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved