May 2, 2026
Advertisement
މުއިއްޒު ސަރުކާރުގެ ޖަވާހިރުންނަކީ އިލްމާއި ހިލްމު ނެތް ބޭފުޅުންތޯ ޑރ ޖަމީލް ސުވާލު އުފައްދަވައިފި
މުއިއްޒު ސަރުކާރުގެ ޖަވާހިރުންނަކީ އިލްމާއި ހިލްމު ނެތް ބޭފުޅުންތޯ ޑރ ޖަމީލް ސުވާލު އުފައްދަވައިފި / ސޯޝަލް މީޑިއާ

މުއިއްޒު ސަރުކާރުގެ ޖަވާހިރުންނަކީ އިލްމާއި ހިލްމު ނެތް ބޭފުޅުންތޯ ޑރ ޖަމީލް ސުވާލު އުފައްދަވައިފި

Aminath Zara
އައިމިނަތު ޒާރާ
May 20, 2024, 03:32 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ބޭރުގެ އެކި ފޯރަމްތަކުގައި "ބްރޯކަން އިންގްލިޝް" އިން ވާހަކަ ދައްކާ، ރާއްޖޭގެ ޓުއަރިޒަމްގެ އަގު ވައްޓާލުމަށްފަހު، ޕަބްލިކް ސްޕީކިން ނުވަތަ 6 މަސް ދުވަހުގެ މުއްދަތުގައި އިނގިރޭސިން ވާހަކަ ދެއްކުމުގެ ފެންވަރު ރަނގަޅު ކުރާނެކަމަށް ބުނެ މީޑިއާގައި ވާހަކަ ދެއްކުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އަސާސީ ތައުލީމުން އެއްކިބާވެފައިވާ ފަރާތެއް، އަދިވެސް ރައްޔިތުންނަށް ސާބިތުކޮށްދޭން އެ މަސައްކަތް ކުރަނީ މިނިސްޓަރ ފައިސަލްގެ ނާގާބިލުކަމާއި ރާއްޖޭގެ ޓުއަރިޒަމް ބޭރު ދުނިޔޭގެ ކުރިމަތީގައި އޮތް ހާލަތާއި އެއްވެސް ގުޅުމެއް ނެތް ކަމުގައި ވިދާޅުވެފައެވެ.

މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރަކީ މިނިސްޓަރ ފައިސަލް ކަމަށް ޑރ މުއިއްޒުގެ ޚާއްސަ އެޑްވައިޒަރު އަދި ފައިސަލްގެ ބައްޕާފުޅު ޢަބްދުއްރަޙީމް ވިދާޅުވަމުންދާއިރު، މުއިއްޒު ސަރުކާރުގެ ޖަވާހިރަކީ މި ފެންވަރުގެ ބޭފުޅެއްތޯ ޑރ ޖަމީލް ސުވާލު އުފައްދަވާފައިވެއެވެ.

ހިތްވަރާއި ބުރަ މަސައްކަތް ކޮށްގެން ކިޔަވައިގެން ތިބި މަގާމުތަކަށް ގާބިލު ފަރާތްތައް އެއް ފަރާތްކޮށް މިފަދަ ލިޔަން ކިޔަން ނޭގޭ ފަރާތްތަކަށް އަމިއްލަ ސިޔާސީ ފައިދާ ހޯދުމަށް އައްޔަނުކުރުމަކީ، މުޅި ދިވެހި ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ޑރ. ޖަމީލު ސިފަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved