March 10, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ނޫރައިން ވަކިވީ ސަރުކާރު ތެރެއިން ގޯސްތަކެއް އުޅޭތީކަން ޔަގީން : ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
May 22, 2024, 06:40 PM
މާލެ ސިޓީ

އެމްއެމްޕީއާރްސީގެ ޗެއާރ ޕާސަން އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވީ އަދުގެ ސަރުކާރު ތެރެއިން ގޯސްތަކެއް އުޅޭތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

އެގޮތުން ޑރ ޖަމީލް ވިދާޅުވީ ކޮންމެ ވަގުތަކުވެސް ޙާލަތު ބަދަލުވެދާނެކަމަށެވެ. ރައީސް މުއިއްޒު ސަރުކާރުގެ މިއީ އެންމެ ބާރުގަދަ ވަގުތު ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުގެ ކުންފުނި ތަކުގައި ތިއްބަވާ ފަރާތްތަކުން މަގާމުން ވަކި ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިތުރަށް ޑރ ޖަމީލް ވިދާޅުވީ މިގޮތަށް މިވަގުތު ބަޔަކު ދުރަށްދާނީ އެބަޔަކަށްވެސް ގަބޫލް ނުކުރެވޭ ބޮޑަތި ގޯސްތައް ހުރީމަކަމަށެވެ.

އެންމެނެއް ވަޒީފާގެ އަޅުންނަކަށް ނުވާނެ ކަަމަށް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

ސަރުކާރު ތެރޭގައި ރެނދުއަޅައިފިކަން ކަށަވަރު ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ނޫައިން އެމްެއެމްޕީއާރްސީ ގެ ޗެއާރ ޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން ޕީސީބީ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved