March 12, 2026
Advertisement
މިހާރު ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ: މެޓް އޮފީސް
މިހާރު ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ: މެޓް އޮފީސް / ސޯޝަލް މީޑިއާ

އުތުރަށް އޮރެންޖް ސަމާލު ނެރެފި

Aishath Naja
އައިޝަތު ނަޖާ
May 24, 2024, 12:47 AM
މާލެ ސިޓީ

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު އިންޒާރު ނެރެފިއެވެ.

Advertisement

މެޓުން އޮރެން ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށެވެ.

އެ ސަމާލު ނެރެފައިވަނީ މިރޭގެ 7:15 ން 11:15 އާ ހަމައަށެވެ.

މި ގަޑި ތަކުގައި ބޯކޮށް ވާރޭ ވެހި ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.

އަދި ވިލާ ގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ވުރެ ގަދަ ވާނެ ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved