March 12, 2026
Advertisement
ފްލެޓް ކޮމިޓީ
ފްލެޓް ކޮމިޓީ / ސޯޝަލް މީޑިއާ

ފްލެޓްތައް ދޫކުރުމުގެ މަސައްކަތް އަވަހަކަށް ނުނިމޭނެ: ފްލެޓް ކޮމިޓީ

Aishath Naja
އައިޝަތު ނަޖާ
May 24, 2024, 08:13 PM
މާލެ ސިޓީ

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އެއްވެސް އުޞޫލެއްނެތި ބަހާލި ފްލެޓްތަކާ ގުޅޭ މައްސަލަތައް ބެލުމަށް ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީން ކުރާންޖެހޭ މަސައްކަތްތައް ގިނަވުމުގެ ސަބަބުން ފްލެޓްތައް ދޫކުރުމުގެ މަސައްކަތް އަވަހަކަށް ނިމޭނެ ކަމަކަށް ނުބެލެވޭ ކަމަށް ފްލެޓް ކޮމިޓީގެ ޗެއަރ އާމިނަތު އީނާސް ވިދާޅުވެއްޖެ އެވެ.

Advertisement

ނަމަވެސް ކޮމިޓީ އުފެދިގެން ތިން މަސް ވެގެން ދިޔައިރުވެސް ފްލެޓު ލިސްޓާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޓީ ޗެއާ އާމިނަތު އީނާސް ވިދާޅުވީ، މި ކޮމިޓީއަކީ ހައުސިން މިނިސްޓަރަށް ލަފާ އެރުވުމަށް އުފައްދާފައިވާ ކޮމިޓީއަކަށްވާތީ، އެ ކޮމިޓީން އަމިއްލައަށް މައުލޫމާތު ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމިޓީގެ މަސައްކަތް އަވަސްކުރަން ދަތިވުމުގެ އިތުރުން، ފްލެޓު ދޫކުރުމުގައި ހުރި މައްސަލަތައް ވެސް ފާހަގަކުރެވެ އެވެ. ކުރިން ފްލެޓު ދޫކުރި ގޮތާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގި ތަހުގީގެއްގައި ވަނީ ފްލެޓުތަކުގެ 60 ޕަސެންޓު ލިބުނީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ކަމަށް ބުނެފަ އެވެ.

ފްލެޓްތައް ނުލިބި ގިނަ ދުވަސްވާތީ އާންމުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved