March 10, 2026
Advertisement
ޒަކާތް ބަލައިގަންނަނީ
ޒަކާތް ބަލައިގަންނަނީ / ރާއްޖެއެމްވީ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަށް ބަދަލު ގެނެސްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 25, 2024, 05:31 PM
މާލެ ސިޓީ

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަށް ބަދަލު ގެނެސްފިއެވެ.

Advertisement

މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 9،353.40 ރުފިޔާއެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި މުދަލު ޒަކާތުގެ ނިޞާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ވާޖިބް ކަމެކެވެ.


އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. އެހެން ނަމަވެސް ރާއްޖޭގައި ޒަކާތް ނެރެނީ ނިސްބަތުން މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved