މި ސަރުކާރުން ހޯމް މިނިސްޓްރީއަށް 53 ސިޔާސީ މުވައްޒަފުން އައްޔަންކުރައްވާފައިވާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހަކުން އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދުމުން އެ މިނިސްޓްރީން ވަނީ އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތަފުސީލު ހާމަކޮށްފައެވެ.
ހޯމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ:
1 މިނިސްޓަރު - 58,500ރ.
5 ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
20 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
19 ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
8 ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 20,500ރ.
މި މައުލޫމާތުން ދޭހަވާގޮތުގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހެއްގެ މައްޗަށް 1،608،000 ރ. (އެއް މިލިއަން ހަ ލައްކަ އަށް ހާސް ރުފިޔާ) ހޭދަވެއެވެ.
އަހަރެއްގެ މައްޗަށް ބަލާނަމަ އެއީ 19,296،000ރ. (ނަވާރަ މިލިއަން ދެ ލައްކަ ނުވަދިހަ ހަ ހާސް ރުފިޔާ) ކަން ފާހަގަކޮށްލެވެއެވެ.
700 އަށް ވުރެ ސިޔާސީ މަގާމްތައް ގިނަ ނުކުރާނެ ކަމަށް ބުނެ އައި ސަރުކާރަކީ މަތި ބަރު ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.