March 23, 2026
Advertisement
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އިންޑިޔާއަށް އާދޭސް ދެންނެވުމުން، އިންޑިޔާގެ އަޔޯޓާއިން ރާއްޖެއާއި އެކު އެއްބަސްވުމެއް ގާއިމުކޮށްފި.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އިންޑިޔާއަށް އާދޭސް ދެންނެވުމުން، އިންޑިޔާގެ އަޔޯޓާއިން ރާއްޖެއާއި އެކު އެއްބަސްވުމެއް ގާއިމުކޮށްފި. / ސޯޝަލް މީޑިއާ

ފައިސަލް އިންޑިޔާއަށް އާދޭސް ދެންނެވުމުން، އިންޑިޔާގެ އަޔޯޓާއިން ރާއްޖެއާއި އެކު އެއްބަސްވުމެއް ގާއިމުކޮށްފި.

Aminath Zara
އައިމިނަތު ޒާރާ
May 28, 2024, 05:31 PM
މާލެ ސިޓީ

ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިޔާގެ ބޮޑު ވަޒީރަށް ކުޑައިމީސްކޮށް ސޯޝަލް މީޑިޔާގައި ވާހަކަދެއްކުމާއި ގުޅިގެން ދިވެހިރާއްޖެ – އިންޑިޔާގެ ޚާރިޖީ ގުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވިއެވެ. މިގޮތުން ދިވެހިރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އިންޑިޔާ އިން ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ދިޔުމުގެ ބަދަލުގައި އިންޑިއާގެ ދަށުގައި އޮންނަ ލަކްޗަޝަދީޕަށް ދާން ގޮވާލައި ކެމްޕޭންތަކެއްކޮށްފައެވެ. މިކަމާއި ގުޅިގެން އިންޑިޔާއިން ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ.

Advertisement

އިންޑިޔާއިން މިފަދަ ފިޔަވަޅުތައް ނެގުމާއިއެކު ރާއްޖޭގެ އިޤްރިސާދު ހީނަރުވެ، އިންޑިޔާއިން ފިއްތުންތަކެއް ރާއްޖެއަށް ކުރުވާ މި ސަރުކާރުގެ އެއްވެސް ބާރެއް ނެތްކަން ވަނީ ދައްކާފައެވެ.

މިފަދަ ޚާރިޖީ މައްސަލަތަކާއި ގުޅިގެން،  ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަތުރުވެރިކަން ވަރުގަދަ ކުރުމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އަޔާޓޯ) އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް އިންޑިޔާގެ ހިލޭ އެހީގެ ދަށުގައި ގިނަ މަޝްރޫއުތަކެއް ފެށުމަށް މަޝްވަރާ ކުރަމުންދާކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އަޔާޓޯއަކީ އިންޑިއާގެ 1،800 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ތަމްސީލްކުރާ އެސޯސިއޭޝަނެކެވެ. އަދި އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަނގަޅު ދަތުރުފަތުރުގެ ތަޖުރިބާއެއް ދިނުމަށް ބައިނަލް އަގުމާވީ ގިނަ ޕާޓްނާޝިޕްތަކެއް މިހާރު ވެސް ގާއިމުކޮށްފައިވާ ޓްރެވެލް ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާއެކެވެ.

މި އެއްބަސްވުމާ ގުޅުން ހުރި މައުލޫމާތު ހާމަކޮށް މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ، މި އިސްތިރާޖީ ގުޅުމުގެ މަގުޞަދަކީ ފަތުރުވެރިކަން ކުރިއަރުވައި، އެ ސިނާއަތުން ގާތް ގުޅުމެއް ބާއްވައި ދެ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައީސް ޑރ މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތަކާއި މިހާރު އެމަނިކުފާނުގެ އަމަލުތައް ވަނީ ބަދަލުވެފައެވެ. އެމަނިކުފާނަކީ ބަހުގެ އެއްވެސް އިތުބާރެއް އޮތް ބޭފުޅެއް ނޫންކަން މި ފަހުން ދެއްވަމުންދާ އިންޓަވިއުތަކުންނާއި އަދި ނިންމަވާ ސިޔާސަތުތަކުން ވަރަށް ރަނގަޅަށް ހާމަވެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved