ދައުލަތުގެ ފައިސާ އިން ހާރިޖީ ވަޒީރު މޫސާ ޒަމީރު ޖޫން މަހު ސްރީ ލަންކާއަށް ވަޑައިގަންވަން ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
މިނިސްޓާރ ލަންކާގެ ކޮލަމްބޯ އަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައިކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ޖުލައި މަހުގެ 3 ވަނަ ދުވަހު ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވާނީ އެ މަހުގެ 6 ވަނަ ދުވަހުގައިކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ދަތުރުގައި މިނިސްޓަރު ޒަމީރު ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
އެގޮތުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާ ގެ އިތުރުން ފޮރިން މިނިސްޓަރު ސަބްރީއާވެސް ބައެްދަލު ކުރައްވާނެ ކަމަށް ތޭރަ އޮންލައިން އަށް މައުލޫމާތު ލިބިފައިވާއިރު މިނިސްޓަރ ލަންކާ ސަރުކާރުގައި މާލީ އެހީއަށް އެދޭނެއެވެ.
މިއީ އެމަނިކުފާނު ލަންކާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.
ދާދިފަހުން އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާރސްގައި ވެސް ވަނީ މިނިސްޓާރ ޒަމީރު ވަނީ ރާއްޖެއަށް ކުރީ ސަރުކާރުގައި ދީފައިވާ ލޯން ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް ސަލާން ޖަހާފައެވެ.