March 19, 2026
Advertisement
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ / ރައީސް އޮފިސް

ރައްޔިތުންގެ ޕްރެޝަރ ބޮޑުވެ، އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިސްލާހު ގެންނަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 2, 2024, 09:01 PM
މާލެ ސިޓީ

ރައްޔިތުންގެ ޕްރެޝަރ ސަރުކާރަށް ބޮޑުވެ، ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ނިންމައިފިއެވެ.

Advertisement

ސަރުކާރުގެ މި ނިންމުން އައީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައެވެ.

ކެބިނެޓް ބައްދަލުވުމުގައި ފަލަސްތީނާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައިވާތީ އެ ނިންމެވުންތަކުގެ ތަފްސީލް ހާމަކުރުމަށް ބައެއް ވަޒީރުން ބައިިވެރިވެވަޑައިގެން ރައީސް އޮފީހުގައި ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތްތައް މިއަދު ވަޒީރުންގެ މަޖިލީހުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން، އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ މަޖިލީހުގައި ނިންމާ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހޯމް މިނިސްޓަރުގެ އިތިރުން ފޮރިން މިނިސްޓަރ އާއި އެޓާނީ ޖެނެރަލް އަދި އިކޮނޮމިކް މިނިސްޓަރ ކަމަށެވެ. މީގެއިތުރުން ޓޫރިޒަމް މިނިސްޓަރާއި އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓަރ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާ އެކު އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގިނަ ދުވަސްތަކެއް ހޭދަ ވެގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައި ގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ރައީސްގެ ސްޕެޝިއަލް އެންވޯއި އެއް ކަނޑައަޅުއްވަން ވެސް ވަނީ ނިންމަވާފައެވެ.

އަދި ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭ ގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީއާ ގުޅިގެންނެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހާއްސަ ހިނގާލުމެއް ބާއްވަން ވެސް ވަނީ ވަނީ ނިންމަވާފަ އެވެ. ނަމަވެސް އެ ހިނގާލުން އޮންނާނެ ދުވަހެއް އަދި ކަނޑައެއް ނާޅުއްވައެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ ޕްރެޝަރ ސަރުކާރަށް ބޮޑުވެ މަޖިލީހަށް މި މަސައްކަތް ޖާމިނުކުރިއިރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިފައިވާ ބާރުގެ ތެރޭގައި، އިޒްރާއީލަކީ ނިރުބަވެރި ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ލިބިގެން ވާކަން ފާހަގަކޮށްލެވެއެވެ. މިބާރު ރައީސްއަށް ލިބިވަޑައިގަންނަވަނީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved